11 އަހަރަށް ފަހު އޭސީ މިލާންގެ ކޯޗުކަމަށް މެކްސިމިލިއާނޯ އެލެގްރީ އަނެއްކާވެސް ހަމަޖެއްސިކަން އެ ކްަލަބުން އިއުލާނުކޮށްފިއެވެ.
އެލެގްރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާއިރު، އޭނާގެ މުސާރަ ގާތްގަނޑަކަށް 5.5 މިލިއަން އަށް އަރާނެ އެވެ.
އެންމެ ފަހުން ރޮސޮނެރީ ކޯޗުކޮށްދިންތާ 11 އަހަރު ފަހުން، އަދި ޔުވެންޓަސްގެ ކޯޗުކަމުގައި ކާމިޔާބު ދެ އަަހަރު ހޭދަކުރުމަށްފަހު އެލެގްރީ ވަނީ މިލާންގައި ހުރި ހޮޓަލެއްގައި މިލާނުގެ ޑިރެކްޓަރު އޮފް ސްޕޯޓް އިގްލި ޓާރޭ އަދި ސީއީއޯ ޖޯޖިއޯ ފުރްލާނީއާ ބައްދަލުކޮށް، އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.
މިލާންގެ ރައީސް ޕައުލޯ ސްކަރޯނީވެސް އެލެގްރީ އަށް މަރުޙަބާ ކިޔާފައިވާއިރު، އެލެގްރީ އޭސީ މިލާންގެ ހެޑްކޯޗުގެ މަގާމުގައި ހުރީ 2010 ވަނަ އަހަރުން ފެށިގެން 2014 އަށެވެ. އަދި އޭނާ ވަކިކުރެވުނީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.

