ޒަމާނީ ދިރިއުޅުމުގެ ބާރު ދުވެލީގައި، އަޅުގަނޑުމެންގެ ހަށިގަނޑަށް ބޭނުންވާ މުހިންމު ކާނާ ހޯދުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެއެވެ. ނަމަވެސް، ކެރެޓް، ބީޓްރޫޓް އަދި ދޮންކެޔޮ އެކުވެގެން ހަދާ ޖޫހަކީ ހަށިގަނޑަށް ބޭނުންވާ ގިނަ ވިޓަމިންތަކާއި މިނަރަލްސް ލިބޭނެ ފަސޭހަ އަދި ރަހަ މީރު ބުއިމެކެވެ.
ޖޫހުގެ މައިގަނޑު ބައިތަކުގެ ފައިދާތައް؛
ކެރެޓް ގައި ހިމެނޭ ބީޓާ-ކެރޮޓީނަކީ ލޮލުގެ ސިއްހަތާއި ހަމުގެ ދުޅަހެޔޮކަމަށް ކޮންމެހެން ބޭނުންވާ މާއްދާއެކެވެ. މީގެ އިތުރުން، ކެރެޓްގައި ހިމެނޭ އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަވެއެވެ. ބީޓްރޫޓްގައި ހިމެނޭ ނައިޓްރޭޓްސްގެ ސަބަބުން ލޭ ދައުރުވުން ރަނގަޅުވެ، ހަށިގަނޑުގެ ތާޒާކަމާއި ޒުވާންކަން އިތުރުވެއެވެ. ދޮންކޭލުގައި ހިމެނޭ ޕޮޓޭސިއަމް އަދި ފައިބަރގެ ސަބަބުން ހިތުގެބަލިތަކުން ދުރުކޮށް ހިތުގެ ސިއްހަތު ރަނގަޅުވެ، ހަޖަމުކުރުމުގެ ނިޒާމު ވަރުގަދަވެއެވެ. އަދި ބަނޑުގައި ވައިހެދުމާއި ސަރުބީޖެހުންވެސް ދުރުކޮށްދެއެެވެ.
ޖޫސް ތައްޔާރުކުރާނެ ގޮތް؛ މި ޖޫސް ގޭގައި ތައްޔާރުކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ.
ބޭނުންވާ ތަކެތީގެ ތެރޭގައި:
- 2 މެދު ސައިޒުގެ ކެރެޓް (މަށައި ކުދިކޮށް ކަފާފައި)
- 1 ކުޑަ ބީޓްރޫޓް (މަށައި ކުދިކޮށް ކަފާފައި)
- 1 ދޮންކެޔޮ
- 1 ތަށި ފެން ނުވަތަ ކުރުނބާ ފެން
- 1 ސަމުސާ ލުނބޯ ޖޫސް (އިޚްތިޔާރީ)
ޖޫހުގެ މައިގަނޑު ފައިދާތައް: މި ޖޫހުގެ ސަބަބުން ލިބޭ މައިގަނޑު ފައިދާތަކުގެ ތެރޭގައި ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަވުމާއި، ހަމުގެ ވިދުވަރު އިތުރުވުމާއި، ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުވުން ހިމެނެއެވެ. މީގެ އިތުރުން ހަށިގަނޑުގެ ހަކަތަ އިތުރުވެ، ހިތުގެ ސިއްހަތު ރަނގަޅުވެ، ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކުރުމަށް އެހީތެރިވެދެއެވެ.
އެންމެ އެދެވޭ ރަނގަޅު ނަތީޖާ ހޯދުމަށް ސަމާލުކަން ދޭންވީ ބައެއް ކަންތައް: މިފަދަ ބުއިންތައް ތާޒާކަންމަތީ، ތައްޔާރުކުރުމަށްފަހު ވަގުތުން ބުއިމަކީ މުހިންމު ކަމެކެވެ. އަދި ހަމައެހެންމެ، މި ޖޫހަކީ ހަށިގަނޑަށް ބޭނުންވާ ހުރިހާ ކާނާއެއް ހިމެނޭ އެއްޗަކަށް ނުވާތީ، ފުރިހަމަ ކެއުމަކާއެކު މި ޖޫސް ބުއިމަކީ އެންމެ ރަނގަޅު ގޮތެވެ.
ކެރެޓް، ބީޓްރޫޓް އަދި ދޮންކެޔޮ ޖޫހަކީ ހަށިގަނޑުގެ ސިއްހަތަށް ބޭނުންވާ ގިނަ މާއްދާތަކެއް އެކުލެވޭ، ތައްޔާރުކުރަން ފަސޭހަ އަދި ހޫނު ދުވަހެއްނަމަ އަރާމު ލިބިދޭނެ ބުއިމެކެވެ. ކޮންމެ ދުވަހަކު މި ޖޫސް ބުއިމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އެހެންކަމުން، މިއަދުން ފެށިގެން ނަމަވެސް މި ޖޫސް ބުއިމުގެ އާދަ ހެޔޮ ބަދަލެއްގެ ގޮތުގައި އާދަކުރަން ފަށަމާ ތޯއެވެ.

