ހުޅުމާލޭ ފޭސް 1 ގައި ހުންނަ ކެފޭއެއްގެ ކައިރީގައި ދެމީހެއްގެ މެދުގައި ހިނގި މާރާމާރީއެއްގައި އެކަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، މިރޭ 20:20 އެހައިކަށްހާއިރު މި ހާދިސާ ފުލުހުންނަށް ރިޕޯޓުކުރެވިފައިވާ ކަމަށެވެ.
ފުލުހުން ބުނިގޮތުގައި މި މާރާމާރީގައި އެކަކުގެ ނޭފަތް ފެޅި އަނިޔާވެފައިވާ އިރު، އަނެކަކަށް ބޭރުފުށުން އަނިޔާއެއް ވެފައެއް ނުވެއެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.
ފަހަކަށް އައިސް ދުވަސްކޮޅަކަށް މަޑުޖެހިފައި އޮތް މާރާމާރީ އާއި އަނިޔާގެ މައްސަލަތައް އަނެއްކާވެސް މިދަނީގިނަވެ އިތުރުވަމުންނެވެ.

