ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން މުޅި މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ދެންމެ ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެ އާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށާއި، އަދި އެމައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރުމާއި، ގެއްލުންތައް ދިނުމުގެ ސަބަބުން ސްޓެލްކޯއަށް ވަނީ ދަތި އުންދަގޫތަކަކާ ކުރިމަތިވެފައެެވެ.
މީގެކުރިން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވެސް ސޯޝަލް މީޑިއާގައި ވަނީ ޓްރާންސް ފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ވަނީ ބޮޑުވެފައި ކަމަށް ވިދާޅުވެ، ޕޯސްޓެއް ކުރައްވާފައެވެ. އަދި އެއީ ވައްކަން ކުރާ މީހުންނަށް ވެސް ނުރައްކާތެރި ކަމެއް ކަމަށް އެމަނިކުފާނު ވަނީ ހަނދާންކޮށްދެއްވާފައެވެ.

