މާލެ އާއި ހުޅުމާލެ ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގަ ދަންނަވައިފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިހާރު މާލެއާއި ހުޅުމާލޭގައި ކަރަންޓު ގޮސްފައުވުމުގެ ސަބަބުން އެކްސްގައި ކުރި ޕޮސްޓެއްގައެެވެ.
ރައީސް ވިދާޅުވީ “މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިފިން. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވަން” މިފަދައިންނެވެ.
މާލެ އާއި ހުޅުމާލެ އަދި އަތޮޅުތަކުގެ ރަށްތަކުގައި ކަރަންޓު ކަރަންޓުދިޔުމަކީ މިހާރު އާންމު ކަމެކެވެ.

