މުނިފޫހިފިލުވުމުގެ ގޮތުން މަސްވެރިކަންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މި މަސައްކަތު ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 7 ވަނަ ދުވަހު މާލޭގައިއެވެ.
މި މަސައްކަތު ބައްދަލުވުމުގެ މަގްސަދަކީ މުނިފޫހިފިލުވުމުގެގޮތުން ކުރާ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރުމެވެ. މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރުމަށް ފަހު ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. އަދި މި ފޯމް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

