ޖަމްޢިއްޔަތުއްސަލަފުގެ އެދިވަޑައިގަތުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު އެ ޖަމްޢިއްޔާއާ ބައްދަލުކުރައްވައިފިއެވެ.
މިއަދު ބޭއްވި މިބައްދަލުވުމުގައި ރާއްޖޭގެ ކަންކޮޅުތަކުގައި ޢީދު ފާހަގަކުރުމުގައި އިސްލާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކުރިއަށް ގެންދިއުމާބެހޭގޮތުން މަޝްވަރާ ކުރެއްވުނެވެ.
މިބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފް ޢުމަރުގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އައްޝައިޚް ޠާހާ ނަޢީމް، ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމް އަދި ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރު ބައިވެރިވެލެއްވިއެވެ.

