މާލޭގައި ރޭ ދަންވަރު ހިންގި ގުރޫޕް މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ ިދޭސީއަކު ޒަޚަމް ކޮށްލައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭ ފަތިހު 3:10 ހާއިރު މާލޭގެ ޝަހީދު ކުޑަނެވި ތުއްތުމަނިކު ހިނގުމުގައެވެ. އަދި މި މައްސަލަ ވަނީ ވަގުތުން ފުލުހުންނަށް ރިޕޯޓުކުރެވިފައެވެ.
ފުލުހުން ބުނީ، މި މާރާމާރީގައި އަނިޔާވި ބަންގްލަދޭޝް ފިރިހެން މީހާ އަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.
މި މަައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

