މި މަހު ހައެއްގައި އަންނަ އަޟްހާ ޢީދު ނަމާދު، ބޮޑު ޖަމާއަތުގައި މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި ކުރުމަށް ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ވަނީ އީދު ނަމާދުކުރުމަށް ވަކި މިސްކިތްތަކާއި މައިޛާންންތަކެއް ކަނޑައަޅާފައިވާއިރު، މާލޭ ސަަރަަހައްދުގައި ޢީދު ނަމާދު ކުރުމަށް ބޮޑު ޖަމާއާތް ހެދުމަށްޓަކައި ހަމަޖައްސާފައިވާ ތަންތަނުގެ ތެރޭގައި ހިމެނެނީ، މާފަންނު ސްޓޭޑިއަމާއި، ވިލިމާލޭ ފުޓްބޯޅަދަނޑާއި ހުޅުމާލޭގެ ސްޓޭޑިއަމްގެ އިތުރުން ހުޅުމާލެ ފޭސް ދޭއްގެ ކުރިކެޓް ސްޓޭޑިއަމެވެ.
އީދު ނަމާދުކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ތެރޭގައި ހިމެނެނީ މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް، މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް، މަސްޖިދު މަލިކި ސަލްމާން ،މަސްޖިދުއް ސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ މަސްޖިދުލް ފުރްޤާން، މަސްޖިދުއް ނޫރު، މަސްޖިދުއް ޝަހީދު ޢަލީ، މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީން މަސްޖިދުއް ސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް، މަސްޖިދުއް ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)، މަސްޖިދުއް ސުލްޠާން މުޙައްމަދު ޝަމްސުއްދީން، މަސްޖިދު ޞަލާޙުއްދީން، މަސްޖިދު ޖަލާލުއްދީން، މަސްޖިދު އިބްރާހީމް (އިބްރާހީމީ މިސްކިތް)، މަސްޖިދު އިސްކަންދަރުވަގުތީ މިސްކިތް (ބޮޑުގެ)، މަސްޖިދުއް ސުލްޠާން މުޙައްމަދު ޢިމާދުއްދީން، މަސްޖިދުއް ޝައިޚް މުޙައްމަދު ޖަމީލްދީދީ، މަސްޖިދު ޢަފީފުއްދީންޒިޔާރަތް މިސްކިތް، މަސްޖިދުލް ބިއްރި (ވިލިމާލެ)، މަސްޖިދުއް ޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ(ހުޅުމާލެ)، ހުޅުމާލެ ވަގުތީ މިސްކިތް (ނޭބަރހުޑް 3)، މަސްޖިދު އަބީބަކްރިނިއް ޞިއްދީޤު (ހުޅުމާލެ ފޭސް 2)، މަސްޖިދު ޢުޘްމާނު ބިން ޢައްފާން (ހުޅުމާލެ ފޭސް 2)، މަސްޖިދު އަމީލް ޖަލީލް (ހުޅުމާލެ ފޭސް 2)، މަސްޖިދުއް ސަބީލް (ހުޅުލެ)، މަސްޖިދުލް އިންތިޞާރު (ހުޅުލެ)އެވެ.
މިފަހަރުގެ ބޮޑު އީދު ދުވަހަކީ ޖޫންމަހުގެ 6 އެއްވާ ހުކުރު ދުވަހެވެ. ޢީދު ނަމާދު ފެށުމަށް ހަމަޖެހިފައިވާ ގަޑިއަކީ ހެނދުނު 7 ޖަހާއިރުއެވެ

