ދިވެހިންގެ އަމާނާތްތެރިކަމުގެ ސަބަބުން ހިތްޕުޅަށް ފުން އަސަރުތަކެއް ކޮށްފިކަމަށް، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ.
މިކަން ސަފީރު ހާމަަކުރައްވާފައި ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ސަފީރުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ޗައިނާގެ ޒުވާން އަންހެން ބޭފުޅެއްގެ ވޮލެޓް ބަހުގައި ގެއްލުނު ނަމަވެސް، ކޮންޑަކްޓަރު އެ ވޮލެޓް ނަންގަވައި ކުޑައިރުކޮޅެއްގެ ތެރޭގައި ވެރިފަރާތާ ހަވާލުކޮށްދެއްވި ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ މި ތެދުވެރި އަމާނާތްތެރިކަން ފެނި އެބޭފުޅާގެ ހިތްޕުޅަށް ވަރަށް ބޮޑަށް އަސަރު ކުރެއްވި ކަމަށާއި، މިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ސަފީރު ވިދާޅުވެފައިވަނީ އެރޭ ވާރޭވެހެމުންދަނިކޮށް ވާރޭތެރޭގައި ދުވެވަޑައިގެންނެވި ވާހަކައެވެ. މިއީ ސީދާ މާނައިގައިވެސް ފިނިކަން ލިބިވަޑައިގެންނެވި ކަމެއްގެ ގޮތުގައި ސިފަކުރައްވާފައި ވިދާޅުވެފައިވެ
ދިވެހިންގެ އަމާނާތްތެރިކަމާއި ތެދުވެރިކަމަކީ ބޭރުގެ ފަތުރުވެރިންނާއި ރާއްޖޭގައި ދިރިއުޅުއްވާ ބިދޭސީން އަބަދުވެސް ފާހަގަކުރާ ކަމެކެވެ.

