ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އަންހެނަކު ހޯދަންފަށައިފިއެވެ.
ފުލުހުން ހޯދަމުންދަނީ ސ.މަރަދޫފޭދޫ، ޒެވިއާ، އުމުރުން 25 އަހަރުގެ މަރްޔަމް އިޒްވާ ވާފިރެވެ.
ފުލުހުން ބުނީ މަރްޔަމް އިޒްވާ ވާފިރު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.
މަރްޔަމް އިޒްވާ ވާފިރު ހޯދަމުން ދަނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަން، މިމަހު 10 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށް މަރްޔަމް އިޒްވާ ވާފިރުއަށް އަންގާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

