ރާއްޖޭގެ މޫސުން ބަލާ ހަވަނަ އޮބްޒަވޭޓަރީ ނ. މާފަރުގައި ގާއިމުކުރުމަށް މޫސުމާބެހޭ އިދާރާއިން ނިންމައިފިއެވެ. މިއީ ޔުނައިޓެޑް ނޭޝަންސް މަލްޓިޕާޓީ ޓްރަސްޓް ފަންޑް (ޔޫއެންއެމްޕީޓީއެފް) އާއި ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެއްގެ ދަށުން ހިންގާ މަސައްކަތެކެވެ.
މެޓް އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި މަޝްރޫއަކީ ހަތަރު އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މިހާރު ހުރި ހަތަރު މެޓް އޮފީސް ނުވަތަ އޮބްޒަވޭޓަރީތަކުގައި ބަހައްޓާފައިވާ މޫސުމާބެހޭ އާލާތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން، އައު އޮބްޒަވޭޓަރީއެއް މާފަރުގައި ގާއިމުކުރެވޭނެއެވެ.
މިހާރު ރާއްޖޭގައި މޫސުން ބަލާ އޮބްޒަވޭޓަރީތައް ހުރީ ހުޅުލެ، ހދ. ހަނިމާދޫ، ލ. ކައްދޫ، ގދ. ކާޑެއްދޫ އަދި އައްޑޫ ގަމުގައެވެ. މީގެ އިތުރުން ރާއްޖޭގެ 20 ރަށެއްގައި އޮޓޯމޭޓެޑް ވެދާ ސްޓޭޝަންތަކާއި، ހަނިމާދޫ، ހުޅުލެ އަދި އައްޑޫ ގަމުގައި ދިޔަވަރު ބަލާ ޓައިޑް ސްޓޭޝަންތައް ހުރެއެވެ.
މެޓް އޮފީހުގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވި ގޮތުގައި، "މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ މޫސުން ބަލާ ވިއުގައިގެ ފެންވަރު ރަނގަޅުވެ، ދުރާލާ އިންޒާރުދޭ ނިޒާމު އިތުރަށް ހަރުދަނާވުމުގެ އިތުރުން ދުނިޔޭގެ މޫސުމާބެހޭ އޮބްޒަވޭޝަން ނެޓްވޯކަށް ރާއްޖެއިން ފޯރުކޮށްދޭ މޫސުމާބެހޭ މަޢުލޫމާތުގެ ފެންވަރުވެސް އިތުރަށް ރަނގަޅުވެގެންދާނެއެވެ."
މިއަދު ބޭއްވުނު މަސައްކަތު ބައްދަލުވުމުގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އާއި ޔޫއެންއީޕީގެ އިތުރުން ފިންނިޝް މީޓިއޮރޮލޮޖިކަލް އިންސްޓިޓިއުޓާއި ރީޖަނަލް މަލްޓި ހެޒާޑް އާލީވޯނިން ސިސްޓަމް ފޯ އޭޝިޔާ އެންޑް އެފްރިކާގެ އިތުރުން ރާއްޖޭގެ ކަމާބެހޭ މުއައްސަސާތަކުން 40 ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫއެންއީޕީ) ގުޅިގެން ހިންގާ މި މަޝްރޫޢަކީ 4 އަހަރުގެ މުއްދަތަށް ކުރިއަށް ގެންދެވޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖޭގައި މިހާރު ޤާއިމުކުރެވިފައިވާ 4 މެޓް އޮފީހުގެ މޫސުމާބެހޭ އާލާތްތަކުގެ ފެންވަރު ރަނގަޅުކުރެވި، އިތުރު މެޓް އޮފީހެއް ނ. މާފަރުގައި ޤާއިމުކުރެވިގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ގަމުގައި ޤާއިމުކުރެވިފައިވާ ވައިގެ މަތީ ފަށަލަތަކުން މޫސުމާބެހޭ މަޢުލޫމާތު އެއްކުރާ ނިޒާމު (ރޭޑިއޯސޮންޑޭ) މަރާމާތުކޮށް އަލުން ބޭނުންކުރަން ފެށޭނެއެވެ. އަދި މޫސުމާބެހޭ ވިއުގަ ރަނގަޅު ފެންވަރުގައި ދެމެހެއްޓުމަށް ބޭނުންވާ ތަކެއްޗާއި ތަމްރީން ޕްރޮގްރާމުތައްވެސް ކުރިއަށް ގެންދެވޭނެއެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މޫސުން ބަލާ ވިއުގައިގެ ފެންވަރު ރަނގަޅުވެ، ދުރާލާ އިންޒާރުދޭ ނިޒާމު އިތުރަށް ހަރުދަނާވުމުގެ އިތުރުން ދުނިޔޭގެ މޫސުމާބެހޭ އޮބްޒަވޭޝަން ނެޓްވޯކަށް ރާއްޖެއިން ފޯރުކޮށްދޭ މޫސުމާބެހޭ މަޢުލޫމާތުގެ ފެންވަރުވެސް އިތުރަށް ރަނގަޅުވެގެންދާނެއެވެ.
މިއަދު ބޭއްވުނު މަސައްކަތު ބައްދަލުވުމުގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އާއި ޔޫއެންއީޕީގެ އިތުރުން ފަންނީ ލަފާދޭ ބައިވެރިއެއްގެ ގޮތުން ފިންނިޝް މީޓިއޮރޮލޮޖިކަލް އިންސްޓިޓިއުޓް އާއި ރީޖަނަލް މަލްޓި ހަޒާޑް އާލީ ވޯނިންގ ސިސްޓަމް ފޯ އޭޝިއާ އެންޑް އެފްރިކާ (ރައިމްސް) އަދި ރާއްޖޭގެ ކަމާ ގުޅުންހުރި ބައެއް މުއައްސަސާތަކުން 40 ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

