ޑްރަގު ޓްރެފިކިންގ އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ފުލުހުން މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ހޯދަމުންދަނީ ތ.ގާދިއްފުށި، ކެނެރީގެ، އުމުރުން 31 އަހަރުގެ އިބްރާހީމް ޢިމާދުއެވެ.
ފުލުހުން ބުނީ އިބްރާހީމް ޢިމާދު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާކަމަށެވެ.
އިބްރާހީމް ޢިމާދު ފުލުހުން ހޯދަމުންދަނީ މައްސަލައިގެ ތަހުގީގަށް، ތުހުމަތުގައި ސުވާލުކުރުމަށެވެ.
ފުލުހުން ބުނީ މި ޖޫން މަހުގެ 14 ވަނަ ދުވަހުގެ 14:00 އަށް އިބްރާހީމް ޢިމާދު ސާޖަންޓް އާދަމް ޚަލީމް ކްރިމިނަލް އިންވެސްޓިގޭޝަނަށް ހާޒިރުވުމަށް އެދޭ ކަމަށެވެ.

