ލ. ގަމުގައި އަޟްޙާ ޢީދަށް ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާ ބެހޭ މަޢުލޫމާތުތައް ހޯއްދެވުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ގަމު ކައުންސިލާ ބައްދަލުކޮށްފިއެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ރޭ ގަމު ކައުންސިލްގެ އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޓީމާއެކު ދައުލަތުގެ މީޑިއާގެ ޓީމެއްވެސް ބައިވެރިވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވުޒާރާގެ ފަރާތުންވަނީ ޤައުމީ ފެންވަރުގައި ގަމުގައި ފާހަގަކުރާ ޢީދުގެ އެންމެ ފަހުގެ ތައްޔާރީތަކާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވާފައެވެ. އަދި ދައުލަތުގެ މީޑިއާގެ ފަރާތުން އެ ބޭފުޅުންގެ ޢީދު ކަވަރޭޖަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން މަޝްވަރާތައް ކުރިއަށްގެންގޮސްފައިވެއެވެ.
ގަމުގައި މި އަހަރުގެ އަޟްޙާ ޢީދުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މި ރޭ އޮންނަ ޢީދު ވެދުމާ ދިއުމުގެ ހަރަކާތުންނެވެ.

