މި އަހަރުގެ އަޟްޙާ ޢީދު ހުޅުމާލޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމައިފިއެވެ.
އެގޮތުން މިއަދުން ފެށިގެން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވަނީ ބުނެފައެވެ.
އީދު ފާހަގަކުރުމުގެ ހަރަކާތްތައް މިރޭ ބާއްވާ ވެދުމާ ދިޔުމާއި އީދު ހުޅުގެ ހަރަކާތަކާއި، މީގެ އިތުރުން ބޮޑުބެރުގެ ހަރަކާތްތަކެއްވެސް މިރޭ ކުރިއަށްދާނެއެވެ.
މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރުއްގަނޑު 1 ގައި މިރޭ 8:30 ގައި އަދި ހުޅުމާލެ 2ގެ ޗެނަލް ބީޗްގައި މިރޭ 9:00 ގައެވެ.

