ސްޓާ ޕްލަސް އިން ގެނެސްދިން ސިލްސިލާ “ޔޭ ރިޝްތާ ކިހާ ކެހެލާތާ ހޭ” އިން އާންމުންގެ ތެރޭގައި ބޮޑު މަގްބޫލުކަމެއް ހޯދި އިންޑިއާގެ ބަތަލާ ހީނާ ޚާން ކައިވެނިކޮށްފި އެވެ.
“ޔޭ ރިޝްތާ ކިހާ ކެހެލާތާ ހޭ” ގައި ކުޅުނު އަކްޝަރާގެ ރޯލުން އާންމުންގެ މެދުގައި މަޝްހޫރުވި ބަތަލާ ކައިވެނިކޮށްފައިވަނީ ރައްޓެހިވެގެން އުޅޭތާ ގިނަ ދުވަސްތަކެއްވެފައިވާ ޕްރޮޑިއުސަރ ރޮކީ ޖައިސްވާލްއާ އެވެ.
“ކަސޯޓީ ޒިންދަގީ ކީ” ގެ ދެވަނަ ސީޒަނާއި “ނާގިން” ސީޒަން ފަހެއް ހިމެނޭހެން ހީނާ ވަނީ ބައެއް ރިއަލިޓީ ޝޯތަލުގައި ވެސް ވާދަކޮށްފަ އެވެ. އޭގެ ތެރޭގައި “ބިގް ބޮސް” ސީޒަން 11 އާއި “ހަތުރޯން ކޭ ކިލާޅީ 13″ ހިމެނެ އެވެ.
އުރަމަތީގެ ކެންސަރަށް ފަރުވާވެސް ހޯދަމުން އަންނަ ހީނާ އޭނަ އަށް އުރަމަތީގެ ކެންސަރު ޖެހުނުކަން އިއުލާންކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.
އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2024 ވަނަ އަހަރު ނެރުނު ފިލްމު ” ޝިންދާ ޝިންދާ ނޯ ޕާޕާ” އިންނެވެ.

