ގްރޭންޑް ސްލޭމް ކާމިޔާބުކުރާ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދުމަށް ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލްގެ ޖާގައެއް ނޮވެކް ޖޮކޮވިޗް ކަށަވަރުކޮށްފިއެެވެ.
ޖޮކޮވިޗް ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރީ މުބާރާތުގެ ކުއާޓަރ ފައިނަލްގައި ޖަރުމަންގެ އެލެކްޒެންޑަރ ޒްވެރޭވް ފަހަތުން އަރާ 3-1 ސެޓުން ބަލިކޮށްގެންނެވެ.
38 އަހަރުގެ ޖޮކޮވިޗް މަސައްކަތްކުރަމުން ދަނީ ޓެނިހުގެ ތާރީހުގައިވެސް 25 ގްރޭންޑް ސްލޭމް ކާމިޔާބުކުރާ ފުރަތަަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދުމަށް މަސައްކަތްކުރަމުންދާއިރު، މިއީ ޖޮކޮވިޗް ގްރޭންޑް ސްލޭމް މުބާރާތެއްގެ ސެމީ ފައިނަލާއި ހަމައަށް ދަތުރުކުރި 51 ވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ގްރޭންޑް ސްލޭމް މުބާރާތުގެ އެންމެ ގިނަ ސެމީފައިނަލްގައި ވާދަކުރި ކުޅުންތެރިޔާ އަކީވެސް ޖޮކޮވިޗްއެވެ.

