ކުރިއަށް އޮތް ޢީދު ބަންދު ތެރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓުން ލަފާކޮށްފިއެވެ.
މިއަދު އަދި މާދަމާ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.
ކުރިޔަށް އޮތް 24 ގަޑި އިރުގެ މޫސުމަށް ބަލާއިރު، ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން ޢާއްމުގޮތެއްގައި ރަގަޅުވާނެ ކަމަށާއި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ލަފާކުރާއިރު، ކަނޑު އާދައިގެ ވަރަކަށް ގަދަވާނެއެވެ.
ކުރިއަށް އޮތީ ވިއްސާރަ ކަމަށާއި، އަންނަ ހޯމަ ދުވަހުން ފެށިގެން މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އަދި އީދު ބަންދު ނިމެންވާއިރަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.

