ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ހިދުމަތްދޭ ކުންފުނި ދިރާގުން އެ ކުންފުނީގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް ބޮޑު އީދާ ދިމާކޮށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ.
ދިރާގުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި އޮފާތަކާއެކު އެ ކުންފުނީގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް އަދި އަލަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންގެ އެންމެހާ ބްރައުޒިން، ސްޓްރީމިން އަދި ސޯޝަލް މީޑިއާގެ ބޭނުންތަކަށް އިތުރު ޑޭޓާ ލިބިގެންދާނެ ކަމަށެވެ.
އޮފަރ ލިބޭ ޕެކޭޖުތައް
- ސަޅި މަންތްލީ x2 ޕެކޭޖުގައި ދުވާލަކު 4ޖީބީ އަދި އިތުރު 30ޖީބީ ބޯނަސް ޑޭޓާ ލިބޭއިރު،
- ސަޅި މަންތްލީ x3 ޕެކޭޖުގައި ދުވާލަކު 6ޖީބީ އަދި އިތުރު 45ޖީބީ ބޯނަސް ޑޭޓާ ލިބޭނެ
- މަންތްލީ 450 ޕެކޭޖުގައި 30ޖީބީ އާއި އިތުރު 7ޖީބީ ބޯނަސް ޑޭޓާ ލިބޭނެ
- މީގެ އިތުރުން މަންތްލީ 500 ޕެކޭޖުގައި 35ޖީބީ އާއި އިތުރު 8ޖީބީ ބޯނަސް ޑޭޓާ ލިބޭއިރު،
- މަންތްލީ 600 ޕެކޭޖުގައި 50ޖީބީ އާއި އިތުރު 12ޖީބީ ބޯނަސް ޑޭޓާ ލިބޭނެ
- މީގެ އިތުރުން 100ޖީބީ 30 ދުވަހުގެ އެޑް-އޮން އިން 100ޖީބީ އާއި އިތުރު 25ޖީބީ ބޯނަސް ޑޭޓާ ލިބޭނެ
ދިރާގުން އިތުރަށް ފާހަގަކޮށްފައިވަނީ މި ހުރިހާ އޮފާތަކެއް ވެސް މި މަހުގެ 10ގެ ކުރިން ދިރާގު ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރެވޭނެ ކަމަށެވެ. އަދި އަޕްގްރޭޑް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް ފަސޭހަ ކަމާއެކު އަޕްގްރޭޑް ކޮށްލެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުން އަންނަ ކުންފުންޏެކެވެ.

