ޒުވާނުންގެ ދުވަހާއި ގުޅިގެން ގދ.ތިނަދޫ ގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރެއިން މިއަދު ބޭއްވި މަސްރޭހުގެ އެންމެ ބޮޑު ކާމިޔާބީ އަތޮޅު ކައުންސިލުގެ ޓީމުން ހޯދައިފިއެވެ.
ހުވަދޫ ރެކްރިއޭޝަން އިން އިންތިޒާމް ކުރި މި މަސްރޭހުގައި ބައިވެރިވެ އަތޮޅު ކައުންސިލުން ވަނީ މުބާރާތުގެ އެންމެ ބޮޑު މަސް، އަދި އެންމެ ބަރު މަހުގެ އިތުރުން، އެންމެ ގިނަމަސް ބޭނީ ޓީމުގެ މަގާމު ހާސިލް ކޮށްފައެވެ.
މި މުބާރާތުގެ ދެވަނަ ހާސިލް ކޮށްފައިވަނީ އަމާރީގެ ޓީމުންނެވެ.
މި އަހަރުގެ ޒުވާނުންގެ ދުވަސް ކުލަގަފަކޮށް ފާހަގަ ކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މަސް ރޭސް ފެށީ ތިނަދޫ ގައި ޒުވާންނުންގެ ދުވަހުގެ ޚާއްސަ ހަރަކާތްތަކަށްތައްޔާރު ކޮއްފައިވާ ފެރީގިމަތަ ސަރަހައްދުން މިއަދު ހަވީރު 4 ޖެހި އިރުއެވެ.
ހުވަދޫ ރެކްރިއޭޝަން ކްލަބާއި އެންޖީއޯ ތަކުން އިންތިޒާމް ކޮށްގެން ބާއްވާ މި މަސް ރޭހުގައި ބައިވެރިވެފައި ވަނީ ބްލެކް އެންޑް ވައިޓް ، ލަކީ ފިޝް، ޖުގޯޖުގޯ، ހޯނޑެއްދޫމަސްވެރިން، ޑީކޭ ސްޕެއަރ، އެމްއެންޑީއެފް، އަމާރީ، މޯލްޑިވްސް ސްޓަރ، ހޭޔަންބޯ، ގދ އަތޮޅު ކައުންސިލް، ހަވަރު އަދި އާރުޑީސީގެ، 2 ޓީމް އަދި ޕޮލިސް ޓީމެވެ. މިއިންކޮންމެ ޓީމެއްގައި ހިމެނެނީ 6 މިހުންނެވެ.
މިއަހަރުގެ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ތިނަދޫ ގެ ޖަމްޢިއްޔާ ތަކާއި ތިނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ތިނަދޫކޮމިއުނިޓީ ސެންޓަރު ގުޅިގެން ތިނަދޫގައި ބާއްވާ ޚާއްޞަ ޙަރަކާތްތައް ފެށީ ހެނދުނު 7 ޖެހިއިރުއެވެ.

