1990 ގެ އަހަރުތައް ފެށުނުއިރު މާލެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ގޯތިގެދޮރުގެ މައްސަލައެވެ. މާލޭ ބިން ފުރުމުން އޭރުގެ ސަރުކާރުން ދެން މާލޭ ފަޅު ހިއްކީއެވެ. އޭގެ ފަހުން ފްލެޓްތަކެއް އެޅިއެވެ. އެކަމަކު ވެސް އޮބި ނޯތެވެ. އިތުރަށް ގޯތި ދޫކުރެވެން އޮތީ ވެސް، ފްލެޓް އެޅެން އޮތީ ވެސް އިތުރު ބިމެއް ލިބިގެންނެވެ. އެކަމަކު މާލޭގައި އިތުރު ޖާގައެއް ނެތެވެ.
ހުޅުމާލެ، މީގެ 20 އަހަރު ކުރިން ހިއްކިއިރު އަމާޒުކުރީ 40,000 މީހުންގެ އާބާދީއަކަށެވެ. މިހާތަނަށް އެއް ފަހަރުމަތިން އެންމެ ގިނައިން ހުޅުމާލޭގައި ދޫކުރީ 1,000 ފްލެޓެވެ. ދެ ވަނަ ފިޔަވަހީގައި އަލަށް އާބާދު ވެފައިވާ މީހުންނާ އެކު ހުޅުމާލޭގެ ޖުމްލަ އާބާދީގެ ގޮތުގައި 233،000 އަށް ވުރެން މަތިވާނެ އެވެ.

ހުޅުމާލެ ފޭސް 3ގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢުއަކީ މާލޭގެ ގިނަ ރައްޔިތުން، އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތިކަމަށް ބޮޑު ލުޔެއްލިބި، ގިނަބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫއެކެވެ.

އެގޮތުން "ހައުސިން ޑިވްލޮޕްމެންޓް ކޯޕްރޭޝަން" އެޗްޑީސީން ހުޅުމާލޭގެ މާސްޓަރ ޕްލޭން ރިވައިޒް ކުރަމުންދާއިރު އަލަށް ތައްޔާރުކުރާ ޕްލޭންއަކީ ދިވެހީންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި މުސްތަގުބަލްގައި ދިމާވެދާނެ ހާލަތްތަކަށް ރިޔާޔަށްކޮށް ތައްޔާރު މުޖުތަމައެއް ބިނާކުރުމަށްޓަކައި، އެކުލަވާލެވޭ ޕްލޭންއެކެވެ.
އެގޮތުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރުއުޅޭ ކަމަށް ލަފާމިކުރަނީ 100،000 މީހުންނެވެ. މިއީ އެވްރެޖުކޮށް ގާތްތަޑަކަށް ހެކްޓަރަކަށް 515 މީހުންނެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި 250،000 މީހުން ދިރިއުޅޭނެ ކަމަށް ލަފާކުރާއިރު، މިއީ 1،111 މީހުން ގާތްގަނޑަކަށް ހެކްޓަރަކަށް ޖެހޭނެކަމަށް ލަފާކުރެވޭ އަދަދެކެވެ.

އެޗްޑީސީން ޕްލޭން އެކްލަވާލާފައިވާއިރު، ހުޅުމާލެ ފުރަތަމަ ފިޔަވަހި ރާވާފައިވާނީ ހަމަހިމޭން ދިރިއުޅުމުގެ ވައްޓަފާޅިއަކަށް ބިނާކޮށްގެންނެވެ. އަދި ހަމަ އެއާއެކު ހުޅުމާލެ ދެވަނަ ފިޔަވަހި ރާވާފައި ވަނީ ހައި އެންޓެންސިޓީ ހައި އެނާރޖީ، މިފަދަ ދިރިއުޅުމަކަށް ބިނާވާ ގޮތަށެވެ.
މި ޕްލޭން އެކުލަވާލުމުގައި އެކްސެސިބިލިޓީއަށް ވަރަށް ޚާއްސަ އަހަމިއްޔަތު ކަމެއް ވަނީ އެޗްޑީސީން ދީފައެވެ. އެގޮތުން ކޮންމެ ރައްޔިތަކަށް ވެސް ދިރިއުޅޭތަނުން ފަސް މިނެޓްތެރޭގައި ހިނގާލާފައި އަސާސީ ޚިދުމަތްތަކަށް ވާސިލްވެވޭނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ސްކޫލްތަކާއި މިސްކިތްތަކާއި، ކްލިނިކްތަކާއި އަދި ޕާކްތަކުގެ އިތުރުންވެސް ކުޅެންދާނެ އެކި އެކި އެންމެހާ ތަންތަނެއެވެ.

އޭގެއިތުން ދުޅަހެޔޮ ބިނާވެއްޓެއް ގާއިމު ކުރުމަށްޓަކައި ކޮންމެ ރައްޔިތަކަށްވެސް 2.5 އަކަ މީޓަރުގެ ފެހި ހުސްޖާގައެއް މި ޕްލޭންތެރޭގައި ހިމެނިގެންދާނެއެވެ. މިސްޔޫސްޑް ސަރަހައްދުތަކުގެ ތެރޭގައި ދިރިއުޅުމަށާއި ވިޔަފާރިކުރުމަށް އަދި އޮފީސް ސްޕޭސް ހިމަނާފައި ވުމުން ދަތުރުފަތުރު ކުރުމަށް ހޭދަވެގެންދާ ވަގުތު މަދުވެގެންދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މީގެ ސަބަބުން ވަރަށް ގިނަ ވަޒީފާގެ ފުރުސަތުތަކެއްވެސް ރައްޔިތުންނަށް މި ޕްލޭންގެ ތެރޭގައި ފަހި ވެގެންދާނެއެވެ.

ސޯޝަލް އިންކްލޫޝަނަށް ބާރު އެޅެމުގެ ގޮތުން މި ޕްލޭންފައި ޑިފަރެންޓް ޕްލޭން އޮފް ހައުސިން ޕްރޮވައިޑް ކޮށްދީފައިވެއެވެ. މީހުންނާ ރައްޓެހި ފެހި ބިނާރާ އަދި ވަޒީފާގެ ފުރުސަތުތައް ގިނަކޮށްގެން އެކުލަވާލައިފައިވާ މި ޕްލޭންއަކީ ގުޅި ލާމެހިފައިވާ ދެމެހެއްޓެނިވި ދިރިއުޅުމަކަށް މަގުފަހިކުރާ ޕްލޭންއެކެވެ.

