އަޟުޙާ އީދު ބަންދުގައިވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ހޮޓްލައިންތަކުން ހިދުމަތް ލިިބިވަޑައިގަންނަވާނެ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.
ހައްޖު ދުވަހާއި އަޟުޙާ ޢީދުގެ މުނާސަބަތުގައި ޖޫން މަހުގެ 5، 8 އަދި 9 ވަނަ ދުވަހަކީ ރަސްމީ ބަންދު ދުވަސްތަކެއް ކަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ ވެސް މި ދުވަސްތަކުގައި ބަންދުވާނެއެވެ.
އެހެންނަމަވެސް، ކުޑަކުދިންނާ ގުޅޭ މައްސަލަތައް ރިޕޯޓުކުރުމަށް ގުޅާ ހެލްޕްލައިން 1412 އަދި އިޖުތިމާޢީ އަދި ޢާއިލީ މައްސަލަތައް ރިޕޯޓުކުރުމަށް ގުޅާ ހެލްޕްލައިން 1421 އިން ކުރިއެކޭވެސް އެއްފަދައިން 24 ގަޑިއިރު މެދުކެނޑުމެއްނެތި ޚިދުމަތް ލިބެމުންދާނެ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

