ޑްރަގް ޓްރެފިކިންގ އިންވެސްޓިގޭޝަނުންތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ފުލުހުން މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ހޯދަމުންދަނީ ޅ. ނައިފަރު، މާނާ، އުމުރުން 26 އަހަރުގެ މުޙައްމަދު މާހިލް ޢަބްދުﷲއެވެ.
ފުލުހުން ބުނީ ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން މުޙައްމަދު މާހިލް ޢަބްދުﷲ ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށެެވެ. އަދި ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް މުޙައްމަދު މާހިލް ޢަބްދުﷲ އަންގައި އިއުލާނު ކުރާ ކަމަށެެވެ.
ފުލުހުން މުޙައްމަދު މާހިލް ޢަބްދުﷲ ހޯދަމުންދަނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް ކަމަށެވެ. އަދި މުޙައްމަދު މާހިލް ޢަބްދުﷲ 2025 ޖޫން 13 ވަނަ ދުވަހުގެ 12:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވުމަށް ވެސް ވަނީ ފުލުހުން އިއުލާނުކޮށްފައެވެ.

