މާދަމާ މި އަހަރުގެ އެއް މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަންނާނެކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ޠާރިގު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ދައުލަތުގެ މީޑިއާއަށް ފެއްވި އިންޓަރވިއުއެއްގައެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ޖޫން މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 979,958 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މި ވަގުތު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. ޖޫން 5 ގެ ނިޔަލަށް ޗައިނާއިން 117,874 ފަތުރުވެރިން އައިސްފައިވެއެވެ.
ސަރުކާރުން 2025 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި، މި އަހަރު 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކޮށްފައިވެއެވެ.
2023 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރީ 821,248 ފަތުރުވެރިންނެވެ. 2024 ވަނަ އަހަރުގެ އެ މުއްދަތުގައި 903,773 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

