ސްވިޑެންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، މަރިއާ މަލްމަރ ސްޓެނެގާޑް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖު ތިރީގައި ވަނީ ސްވިޑެންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން އަދި އެމަނިކުފާނުގެ އަމިއްލަ ނަމުގައި، އެ ކަމަނާއަށާއި ސްވިޑެންގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރާ ކަމަށެވެެ.
ވަޒީރު ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން ކުރިއަށް މުސްތަޤްބަލުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގައި އެމަނިކުފާނު ޔަޤީންކުރާ ކަމަށެވެ.
އަދި ވަޒީރު ވަނީ އެ ކަމަނާއަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް އެ ފުރުޞަތުގެ ބޭނުންކުރީ ކަމަށް ވެސް ވިދާޅުވެފައެވެ.

