ކެލާގެ އީދު ހަރަކާތް ރަސްމީކޮށް ފަށައިފިއެވެ.
ރަސްމީކޮށް އީދު ހަރަކާތް ކެލާގައި ފެށީ ރޭ ކުރިއަށް ދިޔަ ހުޅު ރޯކުރުމުގެ ރަސްމިއްޔާތުންނެވެ.
ރަސްމީކޮށް ހަރަކާތް ފެށުމުވެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހެލްތު މިނިސްޓަރ އަބުދުالله ނާޒިމް އިބްރާހީމްއެވެ.
ރޭ ހުޅު ރޯކުރުމަށްފަހު ހަވާ އެރުވުމާއި ބޮޑުބެރުގެ ހަރަކާތް ކުރިއަށް ގެންދިޔައެވެ.
މި ހަރަކާތް ބެލުމަށް ރަށުގެ ގިނަ ރައްޔިތުން އަދި އީދަށް ކެލާއަށް އައިސްތިބި ގިނަ ބަޔަކު ބައިވެރިވިއެވެ.
މިއަދު ކެލާގެ ބޮޑު ޖަމާއަތުގައި އީދު ނަމާދުގައި މިނިސްޓަރ ބައިވެރިވަޑައިގަތެވެ.
އަދި މިއަދު ހަވީރު ކުރިއަށް ދިޔަ ސަގާފީ ކުޅިވަރު ބައްލަވާ ލެއްވުމަށް ވެސް މިނިސްޓަރ ވަޑައިގަތެވެ.
ސަގާފީ ކުޅިވަރުގެ ގޮތުގައި ރަށުގެފިރިހެނުންގެ މަލިކު ދަނޑިޖެހުމުގެ ހަރަކާތެއް ކުރިއަށް ގެންދިޔައެވެ.
ދަނޑިޖެހުމުގެ އިތުރުން ކޯޑިޔާ ދިއުންވެސް އޮތެވެ. ކޯޑިޔާ ދިޔައިރު އަންހެނުން އަދި ފިރިހެނުންގެ ފަރީ ހަރަކާތްތައް ފެނިގެންދިޔައެވެ.
ކުޅިވަރު ބަލާލުމަށް ގިނަ ބަޔަކު އެ ސަރަހައްދަށް އެއްވިއެވެ.
މިރޭވެސް އީދާއި ގުޅިގެން ކުރިއަށް ގެންދާ ބޮޑުމަސް ބޭނުމާއި މަހާސަމާ ޝޯވް ކުރިއަށްދާނެއެވެ.

