ލްޙާ ޢީދު ދުވަހާއި ގުޅިގެން މާލޭގެ މަގުތަކުގައި ފައިމަގުގައި ހިނގާފައި އުޅުމަށް ކަނޑައެޅި ވަގުތުގައި ގަވާއިދާ ޚިލާފުވި 11 މީހަކު ޖޫރިމަނާ ކުރިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ، ޢީދު ދުވަހާ ގުޅިގެން އިއްޔެ ހަވީރު 4:00 އިން 6:00 އަށް ފައިމަގުގައި ހިނގާފައި އުޅުމަށް ހަމަޖެއްސި ވަގުތުގައި ހިންގި އޮޕަރޭޝަންގައި 141 މީހަކަށް ވަނީ ނަސޭހަތްތެރިވެފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި ގަވާއިދާ ޚިލާފަށް ނުރައްކާތެރި ގޮތެއްގައި ދުއްވަމުންދިޔަ އެއް ވެހިކަލް ވަނީ ޓޯކޮށްފައެވެ. އަދި މުއްދަތު ހަމަވެފައިވާ ލައިސަންސްއަކާއެކު ވެހިކަލް ދުއްވަމުންދިޔަ މީހަކާއި، ލައިސަންސް ނެތި ވެހިކަލް ދުއްވަމުންދިޔަ މީހަކު ވެސް ވަނީ ހިފަހައްޓާފައެވެ.
ފުލުހުންގެ މި އޮޕަރޭޝަނަކީ ޢީދު ދުވަހާ ގުޅިގެން ރައްޔިތުންނަށް އުފާވެރި މާހައުލެއްގައި ހިނގާބިނގާވެ އުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ މައިގަނޑު މަޤްސަދަކީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ.

