ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުގައި 25 އަހަރަށް ފަހު ނޯވޭ އިން ފުރަތަމަ ފަހަރަށް އިޓަލީ ބަލިކޮށްފިއެވެ.
0-3 ގެ ނަތީޖާއަކުން މި މެޗު ނޯވޭ ކާމިޔާބުކޮށްފައިވާއިރު، މެޗިގެ ފުރަތަމަ ގޯލް ކާމިޔާބު ކުރީ އެންޓޯނިއޯ ނުސާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެތްލެޓިކޯގެ އެލެކްސާންޑާ ސޯލޮތް ގޯލުގެ ތެރެޔަށް ވައްދާލައިގެން މެޗުގެ 14 ވަނަ މިނެޓްގައެވެ.
އޭގެ 20 މިނެޓް ފަހުން ނޫސާ އޭރިއާ ބޭރުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައި، ނޯވޭގެ ލީޑު ފުޅާކޮށްދީފައެވެ.
އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި އާލިންގް ހާލަންޑް ވަނީ ކީޕަރު ކައިރިން ނައްޓުވައި ގޯލުގެ ތެރެޔަށް ފޮނުވާލި ބޯޅަ އާއި އެކު، 3-0 ގެ ނަތީޖާ އަކާއި އެކު ނޯވޭއިން ފުރަތަމަ ހާފް ނިންމާލިއެވެ.
ދެވަނަ ހާފުގައި ދެ ޓީމުންވެސް ވަރުގަދަ ކުޅުމެއް ފެނިގެންދިޔަނަމަވެސް، މެޗު ނިމުނީ ދެ ޓީމަށްވެސް އިތުރު ލަނޑެއް ނުޖެހިއެވެ.
އިޓަލީއަށް ގިނަ ވަގުތު ބޯޅަ ކޮންޓްރޯލް ކުރެވުނުއިރު، ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަތައް މަދުކަން ފާހަގަކޮށްލެވެއެވެ.
މި ނަތީޖާ އާއި އެކު، ގްރޫޕް އައިގައި ނޯވޭ އޮތީ ތިން މެޗުން 9 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއްވަނައިގައެވެ. ހަމައެއާއެކު، މިއީ އިޓަލީގެ ކޮލިފައިން ފުރަތަމަ މެޗުކަންވެސް ފާހަގަކޮށްލެވެއެވެ.

