ބުރިޖު ހައިވޭގައި ރޭ ހިނގި އެކްސިޑެންޓެއް ގައި ދެ މީހަކަށް އަނިޔާ ވެއްޖެއެވެ.
ފުލުހުން ބުނީ، މި އެކްސިނޑެންޓު ހިނގާފަވއިވަނީ މާލެ/ހުޅުމާލޭ ގުޅުވާލާ ހައިވޭ ނުވަތަ ހަލިމަގުގައި ކަމަށެވެެ. ފުލުހުން ބުނީ ހަލިމަގުގައި، މާލޭން ހުޅުމާލެއަށް ދަތުރު ކުރާ ފަޅީގައި 2 ސައިކަލު ޖެހި އެކްސިޑެންޓްވެފައިވާ މައްސަލަ ރޭ 22:02 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ދެ ސައިކަލް ދުއްވި ދެމީހުނަށް ވެސް އަނިޔާ ވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިން ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

