ހޮސްޕިޓަލަށް ގެންދިޔަ ޒުވާނަކު ނިޔާވި މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ.
ފުހުލުން ބުނީ އައްޑޫ ސިޓީ އިކުއަޓޯރިއަލް ހޮސްޕިޓަލުން، އެ ހޮސްޕިޓަލަށް ގެންދިޔަ ބަލިމީހަކު ނިޔާވެފައި އޮތް މައްސަލައެއް މިއަދު ހެނދުނު 08:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ޒުވާނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 6:00 ޖަހާ އެހާކަަށްހާއިރު ކަމަށާއި، އެ ޒުވާނާ ނިޔާވި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އައްޑޫ ސިޓީ ވެމްކޯގައި މަސައްކަތް ކުރާ އެ ޒުވާނާ ހޮސްޕިޓަލަށް ގެނައީ ކޮން ބައެއް ކަމެއް ވެސް ހޮސްޕިޓަލުން ބުނެފައެއް ނުވެއެވެ.

