އުނަގަނޑުގައި ރިއްސުމަކީ މިހާރުގެ ދުނިޔޭގައި ވަރަށް ގިނައިން މީހުންނަށް ދިމާވާ ޞިއްޙީ މައްސަލައެކެވެ. މިއީ ބުރަކަށީގެ ބަދަތަކުގެ ތެރެއިން ބަނޑާދިމާލުގައިވާ ބަދަތަކާއި، އުނަގަނޑުގެ ކަށިތަކާ ދިމާލުގައިވާ ބަދަތަކުގައި ރިއްސުމެވެ. މިފަދަ ރިއްސުންތައް ކުއްލިއަކަށް ފެށި، އެތައް ދުވަހަކަށް ދެމިގެން ހިނގައިދާނެއެވެ.
އުނަގަނޑަކީ ވަރަށް ނާޒުކު އަދި މުހިންމު ގުނަވަނެކެވެ. މީގެ މައިގަނޑު ބައިތަކުގެ ތެރޭގައި ބުރަކަށީގެ ބަދަތަކާއި، ޑިސްކުތަކާއި، ލިގަމެންޓްސްތަކާއި، މަސްތަކާއި އަދި ނާރުތައް ހިމެނެއެވެ. ސްޕައިނަލް ކޯޑަކީ ބަދަތަކުގެ ތެރޭގައި އުފެދިފައިވާ މަގަކުން ދަތުރުކުރާ ނާރުތަކުގެ ބޮޑީއެކެވެ.
އުނަގަނޑުގައި ރިއްސުމަށް މެދުވެރިވާ ސަބަބުތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި:
- އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ކުއްލިއަކަށް ގުދުވުން
- ރަނގަޅު ނޫން ގޮތްގޮތަށް ތަކެތި އުފުލުން
- ގިނައިރު އެއްގޮތަކަށް އިށީނދެ އިނުން ނުވަތަ އޮށޯވެ އޮތުން
- ހަށިގަނޑުގެ ބަރުދަން އިތުރުވުން
- އެކަށީގެންވާ ވަރަށް ކަސްރަތު ނުކުރުން
އަންހެނުންނަށް ޚާއްޞަ ސަބަބުތައް
- އަންހެނުންނަށް އުނަގަނޑުގައި ރިއްސުން ދިމާވުމަށް ޚާއްޞަ ސަބަބުތަކެއް ވެއެވެ. މީގެ ތެރޭގައި ބަލިވެއިނުމާއި، ރަހިމުގެ ބަލިތަކާއި، އަދި ބިސްރަވައިގެ ބަލިތައް ހިމެނެއެވެ.

އުނަގަނޑުގައި ރިއްސުމަކީ ވަރަށް ސީރިއަސް މައްސަލައަކަށް ވެދާނެ—ފޮޓޯ:ސްޕައިންހެލްތު
ބައެއް ފަހަރު އުނަގަނޑުގައި ވަރަށް ނުރައްކާތެރި ވައްތަރުގެ ރިއްސުންތައް ކުރިމަތިވެދާނެއެވެ. މީގެ ތެރޭގައި:
- ޑިސްކު ހަލާކުވެ ބޭރަށް ނުކުތުން
- ބަދަ ބިންދައިގެން ދިއުން
- ސްޕައިނަލް ކޯޑުގެ ނާރުތަކަށް ގެއްލުން ލިބުން
އުނަގަނޑުގައި ރިއްސުމުން ރައްކާތެރިވުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި:
- ރަނގަޅު ގޮތުގައި ތަކެތި އުފުލުން
- މުނާސަބު ކަސްރަތު ކުރުން
- ރަނގަޅު ގޮތުގައި އިށީދެ އިނުން
- އެކަށީގެންވާ ވަރަށް ނިދުން
- ހަށިގަނޑުގެ ބަރުދަން ބެލެހެއްޓުން
އުނަގަނޑުގައި ރިއްސުމަކީ ވަރަށް ސީރިއަސް މައްސަލައަކަށް ވެދާނެ ކަމެކެވެ. އެހެންކަމުން، މިފަދަ ރިއްސުމެއް ދިމާވެއްޖެނަމަ، ވަގުތުން ޞިއްޙީ ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ. އަދި މިފަދަ ރިއްސުންތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީވެސް ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.

