ކ. ގުރައިދޫގައި އިއްޔެ ކުރިޔަށް ދިޔަ ޢީދު ޢީދު ކުޅިވަރުތައް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ބައްލަވާލައްވައިފިއެވެ.
އެ ރަށުގެ ޢީދު ކުޅިވަރުތައް ކުރިއަށްދިޔައީ އަތިރިމަތީގައެވެ. ދެ ޖިންސު ވަކިން އެކި ޓީމުތަކަށް ބަހާލައިގެން މިއަދު ވަނީ ވާ ދެމުމާއި، ފައިގަތަޅާ މުބާރާތްތައް ބާއްވާފައެވެ.
ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ އެ ސަރަހައްދަށް ވަޑައިގެން، ޢީދު ކުޅިވަރުތައް ބައްލަވާލައްވާފައެވެ. އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޙުސައިން ރިޟާ ބައިވެރިވެވަޑައިގެންނެވިއެވެ.
ވަޒީރު ވަނީ އިއްޔެ ކުރިއަށްދިޔަ ޢީދު ކުޅިވަރުތަކުގައި ވަނަ ލިބުނު ޓީމުތަކަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.

