ރައީސް ޑރ. މުޙައްމަދު މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ދިވެހި ޙައްޖާޖީންގެ ހާލު ބެއްލެވުމަށްޓަކައި ވަޒީރުންގެ ޓީމެއް މިނާ ފޭލިގެއަށް ޒިޔާރަތްކުރައްވައިފިއެވެ.
މި ޓީމު މިނާ ޓެންޓަށް ޒިޔާރަތް ކުރައްވާފައިވަނީ ރޭގައެވެ.
މި މި ޓީމުގައި ހިމެނިވަޑައިގަންނަވަނީ ޙައްޖުގެ އަޅުކަމަށް ރައީސްގެ އަރިހުގައި ވަޑައިގެންނެވި ވަޒީރުންނެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލްއާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ.
މި ޔާރަތުގެ ތެރޭގައި ވަޒީރުން ވަނީ ޙައްޖުވެރިންނާއި، ޙައްޖު ކޯޕަރޭޝަންގެ އިސްވެރިންނާއި އަދި މުޠައްވިފްގެ ބޭފުޅުންނާ ބައްދަލުކުރައްވާ، ޙައްޖުވެރިންގެ ހާލު އޮޅުންފިލުއްވާފައެވެ.
މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ދިޔަ 1000 ޙައްޖުވެރިން، ޢަރަފާތާއި މުޛްދަލިފާގެ ރުކުން ފުރިހަމަ ކުރުމަށްފަހު ބޮޑު ޖަމްރާއަށް ހިލައުކާ އިޙްރާމް ކަނޑާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި މިވަގުތު ހުރިހާ ޙައްޖުވެރިންވެސް ތިބީ މިނާ ފޭލިގެތަކުގައެވެ.

