ދެކުނުއިރުމަތީ އިންޑިއާ ކަނޑުގެ ސަރަހައްދަށް 6.4 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފިއެވެ.
ނޭޝަނަލް ސެންޓަރ އޮފް މީޓިއޮރޮލޮޖީ (އެންސީއެމް) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 75.3 ކިލޯމީޓަރު އަޑިން ރެކޯޑް ކޮށްފައިވާ މި ބިންހެލުން އައިސްފައި ވަނީ ރާއްޖެ ގަޑިން ފަތިހު 4:50 ގައެވެ.
މި ބިންހެލުމާއި ގުޅިގެން އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމުގެ އެއްވެސް ރިޕޯޓެއް އަދި ކޮށްފައެއް ނުވެއެވެ. އާންމުކޮށް ދުނިޔޭގެ އެކި ހިސާބުތަކަށް ބިންހެލުންތައް އައުން ވަނީ ގިނަވެފައެވެ.

