މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވި ޓޯގޯއަށް ނިސްބަތްވާ އަންހެނަކު، އަރަފާތު ބިމުގައި ވިހައިފިއެވެ.
މި އަންހެން މީހާއަކީ މެހެމާނުންގެ ގޮތުގައި 100 ގައުމަކުން ހައްޖަށް ދިޔަ 2،443 މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.
ހާއްސަ މެޑިކަލް ޓީމަކުން އެ އަންހެން މީހާ ވިހެއުމުގެ ކަންކަން ކުރިއަށްގެންދިޔުމުގައި ވަަނީ ހަރަކާތްތެރިވެފައެވެ. މަންމައާއި ދަރިފުޅުގެ ހާލުވެސް ރަނގަޅުކަމަށް ވަނީ ރިޕޯޓްތައް ބުނެފައެވެ.
މިއީ މި އަހަރު އެ ސަރަހައްދަށް ވިހެއި ފުރަތަމަ ކުއްޖާއެވެ.

