މޯލްޑިވެސް ނޭޝަނަލް ޑިފެންސް ފޯރސް އެމްއެންޑީއެފް ބޭންޑުގެ ޚާއްޞަ ހަރަކާތްތަކެއް މިރޭ ހުޅުމާލެ ސެންޓްރަލް ޕާކްގައި އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
މިހަރަކާތް ކުރިއަށްދާނީ 9 އަކުން ފެށިގެން 10 އެއް ޖަހަންދެންނެވެ.
މާލެ ސަރަހައްދުގައި ޢީދުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާ އެކު ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުންނެވެ.
“ޢީދުހަވީރު 1446” އަކީ މިއަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ޤައުމީ ދިފާޢީ ބާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ.

