ކޮލޮމްބިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ނޭޝަނަލް ސެންޓަރ ފޯ ސެސްމޮލޮޖީއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 6.7 މެގްނިޓިއުޑްގައި، ކަނޑުގެ 10 ކިލޯމީޓަރު އަޑިންނެވެ.
މި ބިންހެލުން އައިސްފައިވަނީ ކޮލަމްބިއާ ގަޑިން ހެނދުނު 8:08 ހާއިރު ކޮލަމްބިއާގެ ބޮގޯޓާގެ އިރުމަތިން ގާތްގަނޑަކަށް 72 މޭލު ދުރުގައި ކަމަށް އެ ގައުމުގެ ކަމާއިބެހޭ ފަރާތްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ދިން ކަމެއް އަދި، އެއްވެސް ގެއްލުމެއް ލިބުނު ކަމެއް އަދި ރިޕޯޓްކޮށްފައެއް ނުވެއެވެ.

