ފަލަސްޠީނުގެ ޣައްޒާއަށް އެހީގެ ސާމާނު ހިފައިގެން ދަތުރުކުރި ޔޮޓް “މަދްލީން” އަށް އަރައި އޭގައި ތިބި މީހުންގެ އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ.
ޔޮޓުގައި ތިބީ ސްވިޑެންގެ ތިމާވެށީގެ އެކްޓިވިސްޓް ގްރޭޓަ ތަމްބާގް އާއި އިތުރު އެހެން ބައެއް އެކްޓިވިސްޓުންނެވެ. މި އުޅަނދަކީ ފްރީޑަމް ފްލޮޓިލާ ކޯލިޝަންގެ ބައެކެވެ.
މި ޔޮޓަކީ އިސްރާއީލުން ގައްޒާގެ މައްޗަށް އަޅާފައިވާ ކަނޑުގެ ބްލޮކޭޑް ނިމުމަކަށް ގެނައުމަށް މަސައްކަތްކުރުމާއެކު، ކުޑަކުދިންގެ ކާނާއާއި، ކާބޯތަކެއްޗާއި، ބޭސްފަރުވާގެ ތަކެތި ހިމެނޭ އިންސާނީ އެހީ ފޯރުކޮށްދިނުމަށް މަސައްކަތްކުރި އުޅަނދެކެވެ.
އިޒްރޭލު ސިފައިން ބޯޓަށް އެރީ މުއާސަލާމަތީ ހުރިހާ ހިދުމަތެއްގެ ސިގްނަލްތައް ބްލޮކް ކުރުމަށް ފަހު ޑްރޯންތަކާއި ޕެޓްރޯލް ބޯޓުތައް ގޮސް އުޅަނދު ހުއްޓުވުމަށް ފަހުގައެވެ.
އިޒްރޭލުން ބުނީ ބޯޓު އިޒްރޭލަށް ގެންދަން ދަތުރު ފަށާފައިވާ ކަމަށާއި، އަދި އޭގައި ތިބި އެކްޓިވިސްޓުން ވެސް އެނބުރި ގައުމަށް ދާނެ ކަމަށެވެ.

