މިޒަމާނުގައި ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވެފައިވަނީ އިތުރުވަމުންދާ ހަށިގަނޑުގެ ބަރުދަނެވެ. ޚާއްޞަކޮށް ބަނޑުގައި ޖަމާވާ ސަރުބީގެ ސަބަބުން ކުރިމަތިވާ ދަތިތަކެވެ. ބަނޑުލުމާއި ބަނޑު ހިންދަން އުނދަގޫވުމެވެ. މިކަމަށް ޙައްލެއްގެ ގޮތުން ގިނަ ބަޔަކު އެކި ކަހަލަ ޑައިޓްތަކާއި ކަސްރަތުތަކަށް އަހުލުވެރިވަމުން ދެއެވެ. އެހެންނަމަވެސް، ގުދުރަތީ ގޮތުން ލިބެންހުރި ތަކެތި ބޭނުންކޮށްގެން ވެސް މިކަމަށް ޙައްލު ހޯދިދާނެއެވެ.
ކިއުކަންބާ ލުނބޯ ޑިޓޮކްސް ވޯޓަރގެ މުހިންމުކަން
ކިއުކަންބާ ލުނބޯ ޑިޓޮކްސް ވޯޓަރ؛ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ ޤުދުރަތީ ބުއިމެކެވެ. މި ބުއިމުގައި ހިމެނޭ މިންޓް ފަތްތަކުން ހަޖަމުކުރާ އެންޒައިމްތައް އުފެއްދުމަށް ބާރުއަޅައި، ކާނާއިން ނިއުޓްރިއެންޓްސް ވަކިކޮށް ނަގައިދިނުމަށް މަގުފަހިކޮށްދެއެވެ. މީގެ އިތުރުން، މި ބުއިމުގައި ހިމެނޭ ކިއުކަންބާއަކީ ހަށިގަނޑުގައި ޖަމާވެފައިވާ ސަރުބީ ވިރުވާލުމަށް އެހީތެރިވެދޭ އެއްޗެކެވެ.
ލުނބޯގެ ފައިދާތައް؛ ލުނބޯގައި އެކުލެވޭ ވިޓަމިން ސީ އާއި އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަވެ، ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. އަދި މެޓަބޮލިޒަމް އިތުރުކޮށްދީ، ހަށިގަނޑުގައި ހުރި ވިހަ ތަކެތި ބޭރުކުރުމަށް މަގުފަހިކޮށްދެއެވެ. މިއީ ބަރުދަން ލުއިކުރުމަށް އެދޭ ފަރާތްތަކަށް ވަރަށް މުހިންމު ކަމެކެވެ.

ކިއުކަންބާ ލުނބޯ ޑިޓޮކްސް ވޯޓަރ.. ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ ޤުދުރަތީ ބުއިމެކެވެ
ޑިޓޮކްސް ވޯޓަރ ތައްޔާރު ކުރާނެ ގޮތް
މި ބުއިން ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:
- 3 ޖޯޑު ފިނިކުރި ފެން
- 1 ކިއުކަންބާ (ފޮތިފޮތިކޮށް ކޮށާފައި)
- މިންޓް ފަތް
- 1/2 ފޮތި ލުނބޯ
- 1/2 ފޮތި އޮރެންޖް
ބޭނުންކުރާނެ ގޮތް
މި ބުއިން އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަށްޓަކައި ކޮންމެ ދުވަހަކު ހެނދުނު ހުސްބަޑަށް ބުއިމަކީ އެންމެ ރަނގަޅު ގޮތެވެ. އަދި ދުވާލުގެ ވަގުތުތަކުގައި ވެސް އާންމު ފެނުގެ ބަދަލުގައި މި ބުއިން ބޭނުންކުރެވިދާނެއެވެ. މިގޮތަށް ގަވާއިދުން ބޭނުންކުރުމުން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނަތީޖާ ފެންނަން ފަށާނެއެވެ.
އިތުރު ފައިދާތައް؛ ބަރުދަން ލުއިކުރުމުގެ އިތުރުން މި ބުއިމުގެ ސަބަބުން ހަށިގަނޑަށް ލިބޭ އެހެނިހެން ފައިދާތައް ވެސް މަދެއް ނޫނެވެ. ހަށިގަނޑުގެ އިމިއުނިޓީ ރަނގަޅުވެ، ހަމުގެ ދުޅަހެޔޮކަން އިތުރުވެ، ނިދި ރަނގަޅުވެ، ހަކަތަ އިތުރުވުން ފަދަ ކަންކަން ފާހަގަކުރެވެއެވެ.
ކިއުކަންބާ ލުނބޯ ޑިޓޮކްސް ފެނަކީ ހަށިގަނޑު ސާފުކޮށް، ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ ޤުދުރަތީ ބުއިމެކެވެ. މި ބުއިން ގަވާއިދުން ބޭނުންކުރުމާއެކު، ރަނގަޅު ކާނާ ބޭނުންކޮށް، އެކަށީގެންވާ ވަރަށް ކަސްރަތު ކުރުމުން ބޭނުންވާ ނަތީޖާ ފެންނާނެކަން ކަށަވަރެވެ.
ނަމަވެސް، މިފަދަ ބުއިމެއް ބޭނުންކުރަން ފެށުމުގެ ކުރިން ޞިއްޙީ ޙާލަތަށް ރިޢާޔަތްކޮށް، ބޭނުންވެއްޖެ ހިނދެއްގައި ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.

