ރާއްޖެއަށް ކަނޑުމަގުން 7 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުމުގެ ތުހުމަތުގައި އަތުލައިގެން ބޯޓުގެ ކެޕްޓަން ފިޔަވައި ދެން ތިބި އެންމެން ދޫކޮށްލައިފިއެވެ.
ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު މިދިޔަ މާޗު މަހު އަތުލައިގެން ބޯޓަކީ “މުތާ ޑައިމަންޑް” ކިޔާ ބޯޓެކެވެ.
އެ ބޯޓުން 10 މީހުން ހައްޔަރުކުރިއިރު އެއީ އިންޑިއާ މީހުންނާއި އިންޑޮނީޝިއާ މީހުންނެވެ.
ކެޕްޓަން އަދިވެސް ހައްޔަރުގައި ހުރިއިރު ހަތް ފަހަރެއްގެ މަތިން ވަނީ މުއްދަތު އިތުރުކޮށްފައެވެ. ކެޕްޓަންގެ ބަންދަށް އެންމެ ފަހުން ޖެހީ 30 ދުވަހެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްފައިވަނީ ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު ދަންވަރު ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައެވެ. މާލެ ސަރަހައްދުން ބޯޓެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ކަމަށެވެ.

