މ. މުލީ ޕޮލިސް ސްޓޭޝަނުން ތަހުގީގުކޮށް ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން މި މައްސަލައިގެ ތަހުގީގަށް ހޯދަމުންދަނީ ނ.މަނަދޫ، ރީޙުއްޞަބާ، އުމުރުން 35 އަހަރުގެ އަޙްމަދު ހިޝާމްއެވެ.
ފުލުހުން ބުނީ އަޙްމަދު ހިޝާމް މި މައްސަލައިގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.
ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އަޙްމަދު ހިޝާމް ހޯދަމުންދަނީ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށެވެ.
ފުލުހުން ބުނީ މ. މުލީ ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެކައިރި ޕޮލިސް ސްޓޭޝަންއަކަށް، 2025 ޖޫން 15 ވަނަ ދުވަހުގެ 14:00 އަށް ހާޒިރުވުމަށް ވަނީ އަޙްމަދު ހިޝާމަށް އަންގައިފައެވެ.

