ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ގްލޯބަލް އެމްބެސެޑަރ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް، އެމްއެމްޕީއާރްސީން ބޮލީވުޑުގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް، ހަމަޖައްސައިފިއެވެ.
ކެޓްރީނާ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ހަމަޖައްސައި ގްލޯބަލް ބްރޭންޑް އެމްބެސެޑަރ ކަން ދީފައިވަނީ، ހޫނު މޫސުމާއި ގުޅުވައި ކުރިއަށް ގެންދާ ކެމްޕެއިނުގެ ދަށުންނެވެ.
ގްލޯބަލް ބްރޭންޑް އެމްބެސެޑަރުގެ ގޮތުގައި ކެޓްރީނާ ހަމަޖެއްސުމާއި ގުޅިގެން އެމްއެމްޕީއާރްސީން ބުނެފައިވަނީ ކެޓްރީނާއަކީ ދުނިޔޭގެ އެކި ކަންކޮޅުގައި އެތައް ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ފަންނާނެއް ކަމަށެވެ.

އެމްއެމްޕީއާރްސީން ބުނެފައިވަނީ ކެޓްރީނާއަކީ ކެޓްރީނާއަކީ ކާމިޔާބު އެތައް ފިލްމެއް ކުޅެ، ބޮލީވުޑުގައި އެންމެ މަޤްބޫލު އަންހެން ތަރިންގެ ތެރެއިން ގުނާލެވޭ މި ދާއިރާއިން ގިނަ އެވޯޑުތަކެއް ހާސިލްކޮށްފައިވާ ފަންނާނެއް ކަމަށެވެ.
ބޮލީވުޑްގެ އެންމެ ނަން މަޝްހޫރު ތަރީގެ ތެރޭގައި ހިމެނޭ ކެޓްރީނާ ވަނީ އެކި ފަހަރުމަތިން ޗުއްޓީ ހޭދަކޮށްލުމަށާއި، ފޮޓޯ ޝޫޓްތަކަށާއި، ފިލްމުތަކުގެ ޝޫޓިންއަށް ރާއްޖެއައިސްފައެވެ.

