މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓަންޓްއަކަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އާތިފް ޝަކޫރު އައްޔަންކޮށްފިއެވެ.
އާތިފް މިފްކޯގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާއިރު، އޭނާ އަކީ އެސްޓީއޯ އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވާ، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު ހިންގަވާފައިވާ ތަޖުރިބާކާރު ބޭފުޅެއްކަން ފާހަގަކުރެވެއެވެ.
އާތިފަކީ ދިވެހި އިގްތިސާދުވެސް ދިރާސާކޮށް ލިޔުއްވާ ބޭފުޅެކެވެ.
މިފްކޯއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މާލީ ހާލަތު އެންމެ ގޯސް ކުންފުނިތަކުގެ ތެރެއިން އެއް ކުންފުނިކަމަށްވީއިރު، އޭނާ ވަނީ މީގެ ކުރިން މިފްކޯގެ ހާލަތު ރަނގަޅުކުރުމަށް ޝައުގުވެރިކަންވެސް ފާޅުކޮށްފައެވެ.

