ފުވައްމުލަކު ސިޓީގައި ރޭ ހިނގި މާރާމާރީއެއްގައި 18 އަހަރުގެ ޒުވާނަކަށް އަނިޔާވެއްޖެއެވެ.
ފުވައްމުލަކުގައި މީހެއްގެ ގައިގާ ޖަހާ މާރާމާރީ ހިންގާފައިވާ މައްސަލައެއް ރޭ 20:54 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެެވެ.
މި މާރާމާރީގައި އޭނާއަށް ލިބިފައިހުރި އަނިޔާތަކުގެ ތެރޭގައި ނޭފަތައި، އަނގަމަތި ފަޅައިގެން ގޮސް، ކަނާތު ކޯމަތި ދުޅަވެ އިތުރު ކުދި އަނިޔާވެސް ވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނި ގޮތުގައި އޭނާ އަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ހޯދުމަށް އައްޑޫ ސިޓީއަށް ގެންގޮސްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

