ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ)ގެ ފަރާތުން “އިންޓަރނޭޝަނަލް ކޮންފަރަންސް: އިންޖީނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ ފޮރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް 2025 (އައި.ސީ.އީ.އެސް.ޓީ)ގެ ނަމުގައި ކޮންފަރަސެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށްގެންދާ މި ކޮންފަރަންސްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް www.ices.mnu.edu.mv މި ލިންކު މެދުވެރިކޮށް ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
މި ކޮންފަރަންސް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރ މަހުގެ 1 އަދި 2 ވަނަ ދުވަހުގައި، ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައެވެ.
އިންޓަރނޭޝަނަލް ކޮންފަރަންސް: އިންޖީނިއަރިންގ، ސައިންސް އެންޑް ޓްކްނޮލޮޖީ ފޮރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް 2025 (އައި.ސީ.އީ.އެސް.ޓީ)އާއި ގުޅޭ އިތުރު މަޢުލުމާތު ހޯދުމަށް icest@mnu.edu.mv އަށް އީ-މެއިލް ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

