ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ފަނޑިޔާރު ކަމަށް އަބްދުﷲ ހަމީދު އައްޔަން ކުރުމުށް ފެންނަ ކަމަށް 60 މެމްބަރުން ވޯޓް ދެއްވާފައިވާއިރު، ސަލީމް ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ފެންނަ ކަމަށް 61 މެމްބަރުން ވަނީ ވޯޓް ދެއްވާފައެވެ.
ފަނޑިޔާރު ހަމީދު ވަނީ އިކޯޓުގެ ފަނޑިޔާރުކަން 2007 ވަނަ އަހަރުގެ ޑިސެމްބަރު 9އިން ފެށިގެން 2022 ވަނަ އަހަރު ޖޫން 6، ވަނަ ދުވަހާ ހަމައަށް ފުރުއްވާފައެވެ.
ސަލީމަކީ ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސަލީމް، ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރައްވާފައިވަނީ އޮގަސްޓް 9، 2022 ގައެވެ.

