ސޯސަން ފިހާރައިން ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަ "ރިއަލް ތައި ކޮކަނަޓް މިލްކް" ބޭނުންކޮށްގެން ކައްކައި، ތައިލެންޑަށް ދަތުރުކުރުމުގެ ފުރުސަތު ލިބޭ ޚާއްޞަ ޓިކްޓޮކް ޗެލެންޖް ސުހާ މޫސާ ކާމިޔާބުކޮށްފިއެވެ.
މި ރޯދަމަހަށް ޚާއްޞަކޮށް ސޯސަން ފިހާރައިން ފަށާފައިވާ މި ޗެލެންޖްގައި ބައިވެރިވުމަށް ޖެހެނީ ރިއަލް ތައި ކޮކަނަޓް މިލްކް ބޭނުންކޮށްގެން ކެއްކުމުގެ ވީޑިއޯއެއް ޓިކްޓޮކްގައި ހަދާށެވެ. 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ މި ޗެލެންޖް ނިމޭ ތާރީޚަކީ އޭޕްރިލް 15 އެވެ.
ސުހާ މޫސާ މި ޗެލެންޖަށް ތައްޔާރުކޮށްފައިވަނީ މެންގޯ ސްޓިކީ ރައިސްއެވެްއެވެ. އޭނާގެ ވީޑިއޯއަށް 14،000 އަށްވުރެ ގިނަ ލައިކްސް ލިބިފައިވާއިރު، 56 ކޮމެންޓާއި 3 ލައްކައަށްވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.
ރިއަލް ތައި ކޮކަނަޓް މިލްކްއަކީ ތައިލެންޑްގެ ބްރޭންޑެކެވެ. މި ބްރޭންޑްގެ ކާށި ކިރު ޕެކެޓަކީ މިހާރު ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކާށި ކިރުގެ ވައްތަރެކެވެ. ސޯސަން ފިހާރައިން މި ވައްތަރުގެ ކާށިކިރު ޕެކެޓްގެ ތިން ސައިޒެއް ލިބޭނެއެވެ. އެއީ 250 އެމްއެލް، 500 އެމްއެލްގެ އިތުރުން އެއް ލީޓަރެވެ.
ސޯސަން ފިހާރައިން ވިއްކާ އިތުރު ޕްރޮޑަކްޓްތަކުގެ ތަފްސީލު ހޯދުމަށް އަދި އިތުރު މަޢުލޫމާތު ހޯދުމަށް ނުވަތަ އޯޑަރު ކުރުމަށް 7740068 އަށް ވައިބަރ މެދުވެރިކޮށް ގުޅުއްވުމަށް އެ ފިހާރައިން އަންގާފައިވެއެވެ.

