ރަޝިޔާގެ ހަކަތައިގެ އާމްދަނީއާއި ބޭންކުތަކާއި އަސްކަރީ ސިނާއަތަށް އަމާޒުކޮށްގެން ދަތިކުރުމުގެ ފިޔަވަޅު އަޅަން ޔޫރަޕިއަން ކޮމިޝަނުން ނިންމައިފިއެވެ.
މި ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމުގައި ބައިވެރިވާ ބޭންކުތަކުގެ އިތުރުން އެ ގައުމުގެ ނޯޑް ސްޓްރީމް ގޭސް ޕައިޕްލައިންތައް ހިމެނޭ މުއާމަލާތްތައް މަނާ ކުރުމަށް ލަފާދީފައިވާއިރު، އީޔޫ އިން ނެރެފައިވާ ލިސްޓުގައި ރަޝިއާގެ އިތުރު 22 ބޭންކެއް ހިމެނުމަށް ވެސް ވަނީ ލަފާ ދީފައެވެ.
ހަމައެއާއެކު، ރަޝިއާގެ ހަކަތައިގެ އާމްދަނީ ކުޑަކުރުމުގެ މަގްސަދުގައި ޖީ7 ގައި ހިމެނޭ ގައުމުތަކުން ވަނީ ރަޝިއާގެ ތެޔޮ ފީފާއެއްގެ އަގު 60 ޑޮލަރުން 45 ޑޮލަރަށް ކުޑަކުރުމަށް ކޮމިޝަނުން ލަފާދީފައެވެ. މީގެ ތެރޭގައި ރަޝިއާގެ ޝެޑޯ ފްލީޓްގެ އިތުރުން 400 އަށް ވުރެ ގިނަ އުޅަނދާއި ތެލުގެ ވިޔަފާރި ކުރާ ކުންފުނިތަކަށް ވަނީ ހިމަނާފައެވެ.

