މިއަދުގެ ހެނދުނުގެ ވަގުތެއްގައި މާލޭގެ މައްޗަންގޮޅީ ސަރަހައްދުގެ ގެއެއްގައި 41 އަހަރުގެ ދިވެހި ފިރިހެނެއް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނީ، މި މައްސަލައިގައި ފަރުވާ ހޯދުމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަށް މީހަކު ގެންދެވުނުކަމަށާއި އެހެންނަމަވެސް، އޭރުވެސް އެ މީހާ އޮތީ މަރުވެފައިކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތަޙުޤީޤު ފަށައިފައެވެ. އަދި މަރުގެ ސަބަބު ދެނެގަތުމަށްޓަކައި ބަލަންޖެހޭ އެންމެހައި ކަންކަން ބަލަމުންދާކަމަށް ފުލުހުން މަޢުލޫމާތު ދެއްވާފައިވެއެވެ.

