އިސްރާއީލުން އިރާންގެ އަސްކަރީ އަދި ނިއުކުލިއަރ ސައިޓްތަކަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.
އިސްރާއީލުން އީރާނަށް ދިން ހަމަލާ އާ އެކު މެދުއިރުމަތީގެ ބައެއް ގައުމުތަކުން ވައިގެ ސަރަހައްދުތައް ބަންދު ކޮށް، ފްލައިޓް ދަތުރުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
އިސްރާއީލްގެ ހަމަލާތައް އީރާންގެ ނިއުކްލިއާ ހަކަތަ އުފައްދާ މަރުކަޒުތަކާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އެފަދަ މަރުކަޒުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، އާއްމުން ދިރިއުޅޭ އިމާރާތްތަކަށް ވެސް ވަނީ ހަމަލާތައް ދީފައެވެ. އޭގެއިތުރުން ހަމަލާގެ އަމާޒަކަށްވެފައި އޮތީ އީރާންގެ ވެރިންކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.
އިސްރާއީލުގެ ޙަމަލާތަކުގައި އީރަނުގެ އިންޤިލާބީ ފައުޖުގެ އިސްވެރިޔާ، ޙުސައިން ސަލާމީ ވަނީ ޝަހީދުވެފައެވެ. އޭގެ އިތުރުން އީރާނުގެ އިސް ނިއުކްލިޔަރ ސައިންޓިސްޓުން ކަމަށްވާ ފެރޭދޫން ޢައްބާސީ ދަވާނީއާއި މުޙައްމަދު މަޙްދީ ތެހްރާންޗީ ވެސް ވަނީ ޝަހީދު ކޮށްލައިފައެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފައިވަނީ އެގައުމުގެ އަސްކަރިއްޔާގެ މި އޮޕަރޭޝަން ބޭނުންވާ މުއްދަތަކަށް ކުރިއަށް ގެންދާނެ ކަމަށެވެ.
އަލްޖަޒީރާގެ ސީނިއަރ ނޫސްވެރިޔާ އަލީ ހާޝިމް ވިދާޅުވި ގޮތުގައި އިސްރާއީލުގެ ގިނަ މަޤުޞަދުތަކެއް ހާސިލްކުރަށް ފަށާފައިވާ ހަމަލާ އަމާޒުވެފައިވަނީ އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމާއި ނިއުކްލިއަރ ޕްރޮގްރާމަށެވެ. ނަމަވެސް އެއީ ހަމައެކަނި އަމާޒުތައް ކަމަށް އޭނާ ގަބޫލެއް ނުކުރެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ އެމެރިކާ މި ހަމަލާތަކުގައި ބައިވެރިވެފައެއް ނުވާނެ ކަމަށާއި، އީރާނުން ސަރަޙައްދުގައި ހުރި އެމެރިކާގެ ބޭސްތަކަށް ހަމަލާ ނުދިނުމަށް އިންޒާރު ދޭ ކަމަށެވެ.

